ދިވެހި ލިރިކްސް

© ދިވެހި ލިރިކްސް

ހ
ށ
ނ
ރ
ބ
ޅ
ކ
އ
ވ
މ
ފ
ދ
ތ
ލ
ގ
ޏ
ސ
ޑ
ޒ
ޓ
ޔ
ޕ
ޖ
ޗ
ޙ
ޚ
ޢ
ޣ
ޠ
ޘ
ޡ
ޤ
ޛ
ޞ
ޝ
ޟ
ޜ
ޥ

އެންމެ މަގުބޫލު

1

ފިލާނެތޯ ލޯތަކުން މިފޫދޭ

2

ދޮން ކަނބުލޮ ނިދާލާށޭ

3

އިތުރު ރަސޫލާ

4

ނަބީ އަމީނޭ

5

ކުރަންވީ ހަނދާނާއި ޒިކުރާތަކޭ މީ

އެންމެ ފަހުގެ

1

ރީތީގެ ރާނީ އުޖާލާ

2

ކުރަންވީއޭ ދުޢާ

3

އޭނަބިއްޔާއޭ ސޮލާތާ

4

ޤައުމަށްޓަކާ ދީނަށްޓަކާ

5

އުދަރެސް

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

އެކު

އިން

info@dhivehilyrics.com

ދިޔަވަތް ރަނގަޅު އޮޑި

ރާގު: އަމިއްލަ

ޅެން: ޅެންވެރިޔާ ނޭނގޭ

ދިޔަވަތް ރަނގަޅު އޮޑި ރިޔަލަށް ކެރެންޏާ
ވިޔަކަސް ރުޅާ ބޮޑު ދީލާ ނުލާށޭ
މިވަރަށް ދުވާނަމަ ނިވަލަށް ނުދެވޭނީސް
ދިވަރަށް ދަމާ އޮޑި ކިޔަމަން ކުރާށޭ

ޖުންޖުލާ ގަދަ ކުރިމަތިވަނީއޭ   
ދުއްވާނު އޮޑި މަޑުކޮށްގެން ނުވާނޭ
ހުންގާނު ތިޔައީ މޮޅު ލަކުޑިއެއްހޭ
ކޮޅުވަތުގަ ހުރިގޮތް ރަނގަޅަށް ބަލާށޭ

ހަޑިވެ އުދަރެސް ނުފެނެވި ދަނީއޭ
ބަނޑިލާ ނަގައި ބޯމަތިކޮށް ނިމިއްޖެއޭ
އަޑިވާނަގާ  ދިޔަނަމައީ  ކުދީންނޭ 
ދަނޑިވަޅު ބަލާފާއި އެނގަކުރި ހިފާށޭ

މުގުރި ރާޅުގެ ފުއްޓަރު ފަރާތޭ
ގުގުރާ ވިދުންތައް ގިނަ ވެސް ވަނީއޭ
ނުގުޑާނެހެން ކަނޑުގަ ހިއްވަރު ކުދިންނޭ
މުގުލަށްވެ ތައްޔާރު ހަންޖާ ތިބޭށޭ

ބަނޑުރިޔަލު ފެނުއެޅެމުން ދަނިއޭ
އަޑުފައް ކުރިން ކުނބު އިވެމުން ދަނީއޭ
ކަނޑުއޮޅި މިހާ ކައިރި ކުޑަތަން ވަނީއޭ
މަޑުމަށް ތިރިވެ މަތިކިބައަށް އަރާށޭ

ބިރުތަކުން އުދަ ލިބިގެން ދަނީއޭ
ކިރުފެން ކުލައިގާ ފަޅުމަތި ފެނިއްޖެއޭ
އިރުއޮއްސިވާ އަނދިރި ކުޑަތަންވަނީއޭ
ދިރުބާކޮޅަށް ރަނގަޅު ކުއްޖަކު އަރާށޭ

ފަސްކަނިން ފެންނަ ރައްތައް އެހާ ގިނަ
ހައްތާ ވަމުން ބޮޑު އަސްތާ ދަނިއޭ
ގަސްކަރަމަތިން ރޯޅިއައުމުގެކުރީގައި
ފަސްގަނޑުގެ ކައިރިން ބަނދަރެއް ބަލާށޭ

ދިލިމިލޯ ދާހިނދުގާ ކުދިންނޭ
ގިލިތައް ނަގާ ކެނބު ގަދައަށް  ޖަހާށޭ
ވިލިގެން އަނުދަނިސް ލިބުރުމެއް ނުފެނެއޭ
ވިލަކުން މަގޭ އޮޑި ނުނަގަންބުނާށޭ