އާ................
ދިނީ ޒަހަރު މިތުރާ ހިތްހަލާކުވާވަރުވޭ
އަޅާލުމެއް ނެތުމުން ބޭޤަރާރު ވާވަރުވޭ
ހިތާމައޭ ލިބިފާވީ އެކަން ފިލާ ނުދެޔޭ
ދަނީ ނިމޭށަ މިޢުމްރު އެނގޭ ރޯވަރުވޭ
ދިނީ ޒަހަރު.....
ދެރޫޙު ލާމެހި ލޯބިންވީ ނުވާނެޔޭ އެހަނދާން
ޖަވާބުދޭށަ ކަލާ އިޚްތިލާފު ނުވާވަރުވޭ
އެ ޚިޔާލު ހިތުގެތެރޭ ފުންވެ އާވެޔޭ ތެދެކޭ
ކުރާ އުންމީދު މިލޯބިން ފުރާނަ ދާވަރުވޭ
އެ ޚިޔާލު....
ޔަޤީންކަމާ ކަށަވަރު އޭރުގާ ނުދެމުބާއޭ
މަގޭ ނަސީބުގެ އާ ހަނދު ނިވާވެދާވަރުވޭ
ދިނީ ޒަހަރު.....
ގަޔާވެލާށެ ރުޅިން ނުހުރޭ ރިހުން އާވާނެޔޭ
ދެތަންވެފާ ވެވުމުން މޭ ހަލާކުވާވަރުވޭ
އެ ޚިޔާލު....
ދިނީ ޒަހަރު.....