ދިއްލާލި ހަނދު

ދިއްލާލި ހަނދު ލޯބީ ހިތާމައިން
ދިއްލާލި ހަނދު
ލޯބި ހިތާމާ ކުރަން އެއިނީ މާސަނދުގާވެ ރޯން
ނުރޯށެ ކަލޭ ވޭނީ ހިތާމައިން
ނުރޯށެ ކަލޭ
ވޭނީ ހިތާމަ ކުރަން ތިޔަހެން މާސަނދުގައިވެދާން
ޚިޔާލު ކުރަން ތިޔަހެން މާސަނދުގައިވެދާން

ދާންވީހޭ ދުނިޔައަޅާ ނިމިގެން ޕިޔާރަށް
ލޯބި މި ފަހަނައަޅާ އެކުވެ ސަވާރާ
އުދުހި ޕަރުވާނާ ފަދައިން ވެވިގެން އާވާރާ
ތަރިތައް ގަހުރަމާން ނުކުރާ މެހެރުބާން
އަނދިރީގާ އާސްމާން ދާހެން ތަޚުތީރަވާން

ނުރޯށެ ކަލޭ ވޭނީ ހިތާމައިން
ނުރޯށެ ކަލޭ
ވޭނީ ހިތާމަ ކުރަން ތިޔަހެން މާސަނދުގައިވެދާން
ޚިޔާލު ކުރަން ތިޔަހެން މާސަނދުގައިވެދާން

ވާތީއެ ލޯބި ނަޒަރު އުފަލުން ބަލާލީ
އެރު ހިތާމައިން ދެލޯ ކަރުނުން ފުރާލީ
ކަރުނުން ފުރާލީ ދޭތީއެ އަނިޔާ
ލޯބި ގިސްމަތު ޚިޔާލީ ލޯބި ގިސްމަތު ޚިޔާލީ
ދޭތީއެ އަނިޔާ
ލޯބި ގިސްމަތު ޚިޔާލީ ލޯބި ގިސްމަތު ޚިޔާލީ
ބުރުގާ އެޅުވި މޫނު އަލިކަން ފަނޑުވި ތޫނު
އުފެދޭ ވޭނުން މިހޫނު ފަދައިން ލައިލާ މަޖުނޫނު

ނުރޯށެ ކަލޭ ވޭނީ ހިތާމައިން
ނުރޯށެ ކަލޭ
ވޭނީ ހިތާމަ ކުރަން ތިޔަހެން މާސަނދުގައިވެދާން
ޚިޔާލު ކުރަން ތިޔަހެން މާސަނދުގައިވެދާން

އޭރުން ހިތާމަ ހިތުން ފިލުވާލެވޭހޭ
ޙާލު މިހެންނެ ކިޔާ ބުނެލަދެވޭހޭ
ދާނީ މަރުވާށެ ކިޔާ ރުއިމާ ނިމޭހޭ
ހިތުގާވާ އެ ފާރު ނުވެވޭހާ ސުމާރު
މިލިބޭ ގޮތަކުން ބަހާރު ނުވޭ ދިރުމެއް މިހާރު

ނުރޯށެ ކަލޭ ވޭނީ ހިތާމައިން
ނުރޯށެ ކަލޭ
ވޭނީ ހިތާމަ ކުރަން ތިޔަހެން މާސަނދުގައިވެދާން
ޚިޔާލު ކުރަން ތިޔަހެން މާސަނދުގައިވެދާން

ވޭނުންނޭ ހޫނު އަސަރު ހިތުގާ ހިނގާލީ
ލޯބި ފުރާނާ ދިރުން ނެތިގެން ގޮވާލީ
ނެތިގެން ގޮވާލީ ރޯތީއެ މުނިޔާ
ޙާލު ގިސްމަތު ބަލާލީ ޙާލު ގިސްމަތު ބަލާލީ
ރޯތީއެ މުނިޔާ
ޙާލު ގިސްމަތު ބަލާލީ ޙާލު ގިސްމަތު ބަލާލީ
ލޯބިވެވިގެން ގުސޫރު ރޫޙު ނިވުނީއެ ނޫރު
އެ ޕަރީޒާދެއްފަދަ ޙޫރު ޖަރީނުވެގެން ޝުޢޫރު

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު