ދިވެހި ލިރިކްސް

© ދިވެހި ލިރިކްސް

ހ
ށ
ނ
ރ
ބ
ޅ
ކ
އ
ވ
މ
ފ
ދ
ތ
ލ
ގ
ޏ
ސ
ޑ
ޒ
ޓ
ޔ
ޕ
ޖ
ޗ
ޙ
ޚ
ޢ
ޣ
ޠ
ޘ
ޡ
ޤ
ޛ
ޞ
ޝ
ޟ
ޜ
ޥ

އެންމެ މަގުބޫލު

1

ދޮން ކަނބުލޮ ނިދާލާށޭ

2

އިތުރު ރަސޫލާ

3

ފިލާނެތޯ ލޯތަކުން މިފޫދޭ

4

އިސްނެންގެވި މާތްވީ ސާހިބުން

5

އެ މުޙައްމަދުލް އަމީނޭ

އެންމެ ފަހުގެ

1

ރީތީގެ ރާނީ އުޖާލާ

2

ކުރަންވީއޭ ދުޢާ

3

އޭނަބިއްޔާއޭ ސޮލާތާ

4

ޤައުމަށްޓަކާ ދީނަށްޓަކާ

5

އުދަރެސް

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

އެކު

އިން

info@dhivehilyrics.com

ދޭރަސްމު ކަޝްފުވާއޭ

ރާގު: ލޯ އިޝްޤް މުސްކުރާޔާ

ޅެން: ޔޫސުފް މުޙައްމަދު ފުޅު

ދޭރަސްމު ކަޝްފުވާއޭ، މަޖްލިސްތަކުން އަލީގާ
ވީ ލޯތަކެއް އުޖާލާ، ދޭރަސްމު ކަޝްފުވާއޭ

ތުއްޕުޅު އިރުގެ ހަނދާނެއް ގެނުވޭ ގޮތުން މިތާނގައި
ނަކަލެއް މިކޮށްލަނީ ދެން އޭރުގެވި ޝުހުރަތެއްގައި
މައްކާގެ ޖައްވުގައިވީ ފައުޅުވެ އެނަން ހިނގާލާ
ދޭ ރަސްމު ކަޝްފުވާއޭ

ޤަދަރޭވަނީ އުފުލިފައި ކުރިޔަށް މި އިބުނު ޖަދުޢާން
ޖާފަތް އެތާނގެ ބަޔަކަށް ދީފައިވަނީ އެދޭހައި
ފަޚުރާއި ޢިއްޒަތުންނޭ މުޅިތަންއެކީ ވިދާލާ
ދޭ ރަސްމު ކަޝްފުވާއޭ

މުއްސަނދި ކަމެއް އެހޯދީ ފަރުބަދަތަކުގެ ތެރޭންނޭ
އެތަކެއް އަޖާއިބަށްފަހު ފެނިގެންނެ މޮޅު ޚަޒާނާ
ވީހިނދު ފަޤީރުކަމުގާ ޤައުމުން މުޅިން ފަހާލާ
ދޭ ރަސްމު ކަޝްފުވާއޭ

ޙަލަފުލް ފުސޫލު ވެސްވީ އޭނާގެ ގޭތެރޭގައި
ޞުލްޙައިގެ ސިކުނޑިތައް މާތް އިސްނެންގެވީ މިކަމުގާ
ޤަދަރެއް އިތުރު މިދުނިޔޭން ފެނިގެން ދަނީ މި އަޢުލާ
ދޭ ރަސްމު ކަޝްފުވާއޭ

ދުނިޔޭގެ ތަޖުރިބާއިން ޢިބްރަތް އެ ހޯއްދަވަންތާ
މީހުންގެވީ މިޒާޖާ އުޅުމެއް އެ ބައްލަވަންތާ
އެތަނަށް ވަޑައިގަތީ ދެން ދެފަހަރަކު މާތް ރަސޫލާ
ދޭ ރަސްމު ކަޝްފުވާއޭ