ބުލްބުލް އެހީ ދޭނުހޭ އުފަލުން ފުރަން ހިތް މަގޭ ބުލްބުލް އެހީ ދޭނުހޭ އުފަލުން ފުރަން ހިތް މަގޭ ލޯބި ރޯށަން ލޯބި މޫސުން އައިމި ޖޯޝުން ހަޔާތެއް ފަށަން ލޯބި ރޯށަން ލޯބި މޫސުން އައިމި ޖޯޝުން ހަޔާތެއް ފަށަން ތުނި ތުނި އޮމާން މޫނެކޭ ޖާޒުބީ ސިހުރުވެރި ލޮލޭ އެސްފިޔަ ޖަހާލީގޮތޭ ތަރިތައް ވިދާ ފަނޑު ވެދޭ ނާޒުކު އެފަރިކަން ހާހުން ގުނޭތީ ނާޒުކު އެފަރިކަން ހާހުން ގުނޭތީ ޖިސްމު ޝާމިލްވޭ އަޅާ ބުލްބުލް އެހީ ދޭނުހޭ އުފަލުން ފުރަން ހިތް މަގޭ ބުލްބުލް އެހީ ދޭނުހޭ އުފަލުން ފުރަން ހިތް މަގޭ ހިނިތުން ވެލާއިރު ތެދޭ ދުވަހަކު ހިތުން ނުމެދެޔޭ ފަރިކަމުގެ ލާމަސީލެކޭ މައުނަވީ ގޮތުން ނިއުމަތޭ ވާތީ ހަނދާންތައް އޭނާގެ ގާތަށް ވާތީ ހަނދާންތައް އޭނާގެ ގާތަށް ރައްދު ކޮށްދޭށޭ ވަޔާ ބުލްބުލް އެހީ ދޭނުހޭ އުފަލުން ފުރަން ހިތް މަގޭ ބުލްބުލް އެހީ ދޭނުހޭ އުފަލުން ފުރަން ހިތް މަގޭ ތިޔަ ހަނދު ނުވާނަމަ އިނގޭ ދިރި ހުރުމަކަށް ނޭދެމޭ ތެޅިފޮޅި ހިތާ ފިތް މަގޭ ވާނޭ ފަނާ ބުނެދެމޭ ނެތިދާ ޙަޔާތަށް ދިރުމެއް ދެވޭކަށް ނެތިދާ ޙަޔާތަށް ދިރުމެއް ދެވޭކަށް ހަމަނެތޭ މެނުވީ ތިބާ ބުލްބުލް އެހީ ދޭނުހޭ އުފަލުން ފުރަން ހިތް މަގޭ ބުލްބުލް އެހީ ދޭނުހޭ އުފަލުން ފުރަން ހިތް މަގޭ ލޯބި ރޯށަން ލޯބި މޫސުން އައިމި ޖޯޝުން ހަޔާތެއް ފަށަން ލޯބި ރޯށަން ލޯބި މޫސުން އައިމި ޖޯޝުން ހަޔާތެއް ފަށަން

ޅެންވެރިޔާ

އަލްބަމް

ލިރިކްސް އެއް ނޫނީ މަދަޙައެއް އެބައޮތްތޯ؟

އަޅުގަނޑުމެންގެ ޓީމުގައި ބައިވެރިވާން ބޭނުންތޯ؟

އީމެއިލް ކުރައްވާ

info@dhivehilyrics.com

ލޮގިން ވާކަށް ނުޖެހޭނެ

ތިޔަ ބޭފުޅުންގެ އެންމެ މަޤުބޫލު ލަވަ އަދި މަދަޙައިގެ ލިރިކްސް އަވަހަށް ފޮނުއްވާ!

ދަންނަވާލުމެއް!

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.