© ދިވެހި ލިރިކްސް
އެންމެ މަގުބޫލު
1
ފިލާނެތޯ ލޯތަކުން މިފޫދޭ
2
ދޮން ކަނބުލޮ ނިދާލާށޭ
3
އިތުރު ރަސޫލާ
4
ނަބީ އަމީނޭ
5
ޙަސްބީ ރައްބީ ޖައްލަﷲ - حَسْبِیْ رَبِّی جَلَّ اللّٰہ
އެންމެ ފަހުގެ
1
ރީތީގެ ރާނީ އުޖާލާ
2
ކުރަންވީއޭ ދުޢާ
3
އޭނަބިއްޔާއޭ ސޮލާތާ
4
ޤައުމަށްޓަކާ ދީނަށްޓަކާ
5
އުދަރެސް
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
ބޭކާރު ލޯބި ވީމާ
ރާގު: އޭ ދިލް މުޖޭ ބަތާދޭ
ޅެން: ޅެންވެރިޔާ ނޭނގޭ
ބޭކާރު ލޯބި ވީމާ
މޭފާރު ޒަޚަމް ވީމާ
ތަދުވާ ހިތެއްގެ ވޭނުން
ޢުމުރަށް އުޅެން މަވީހޭ
ލޯބިގެ މާ ތިހިތުގާ
އެކި ކުލަކުލައިން ފޮޅޭހާ
ބިނދެލާ އަތުން އެ ފިރުމާ
އުޅެދިން ހަނދާން ނުވީހޭ
ލޭގާ ތިނަން ފެވީމާ
ބޭޒާރު ލޯބި ވީމާ
ތަދުވާ ހިތެއްގެ ވޭނުން
ޢުމުރަށް އުޅެން މަވީހޭ
ބޭކާރު ލޯބި.....
މަޑުމަޑު އެ ހޫނު މޭގާ
ތުނިތުނި އަތުން މި ފިރުމާ
ފިނިފިނި އެ ރޯޅި ފަށުގާ
ވީވަރު ހަނދާން ނެތީހޭ
ލައްލައްލާ ......
ހިނިތުންވެ ޢިޝްޤު ލިބުމުން
ލޯބީގެ ޒަހަރު ދިނުމުން
ތަދުވާ ހިތެއްގެ ވޭނުން
ޢުމުރަށް އުޅެން މަވީހޭ
ބޭކާރު ލޯބި.....
އެކި ރޭގެ ވަޢުދު ތަކުގާ
ހެކިކޮށް ތަރީގެ ވިދުމާ
ފިކުރެއްނުވާ އުފަލުގާ
ޙިކުމަތުގެ ލޯބި އުނގުގާ
އެކުގާ މިހިތް ދިނީމާ
އެދުވަސް ހަނދާން ނުވީމާ
ތަދުވާ ހިތެއްގެ ވޭނުން
ޢުމުރަށް އުޅެން މަވީހޭ
ބޭކާރު ލޯބި.....