އަރިހަށް ކަލާގެ ފޮނުވާ

އަރިހަށް ކަލާގެ ފޮނުވާ ލޯބީގެ މީ ތަރާނާ
ފަރިޔާދު ހިތުގެ އުމުޤުން ފޮނުވާ ހިތުގެ ބަހާނާ

ލޯބީގެ ކަތި ނަޒާރުން ޤުރުބާން މިހިތްވެ ޖާދޫން
ރޯކަން ފިލާ ހިތާމޭ ދިރިއަށް ވެދާ ނިޝާނޭ

މިއަޅާގެ ހިތުގެ ބަލިތައް ފެށުނީ ކަލާގެ ލޯބިން
ވިރެމުން މިދާ ހިތަށް އަދި ދެއްވާ ކަލާ ޝިފާނާ

ގެންދާށެ އޭ ވަޔާއޭ އަރިހަށް މިހިތުގެ އާދޭސް
އެންގެވި ގޮތެއް މަށާމެދު ދެއްވާ ކަލާ ބަހާނާ

ދުލުގާ ކަލާގެ ވާހާ ފޮނިފޮނި އެދިން އަކަތަކުން
ލުހެދެއްވެވީތި މިއަޅާ ހަށިގަނޑު ތެރެއިން ފުރާނާ

އެއްލާ ނުލައްވަވާށޭ ދެއްވާ ރަޙުމު ކުރައްވާ
ހެއްކެއް ކަމަށް މިލޯބިން ދޭނަން މަގޭ ފުރާނާ

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު