© ދިވެހި ލިރިކްސް
އެންމެ މަގުބޫލު
1
ދޮން ކަނބުލޮ ނިދާލާށޭ
2
އިތުރު ރަސޫލާ
3
އިސްނެންގެވި މާތްވީ ސާހިބުން
4
އެ މުޙައްމަދުލް އަމީނޭ
5
ފިލާނެތޯ ލޯތަކުން މިފޫދޭ
އެންމެ ފަހުގެ
1
ޤައުމަށްޓަކާ ދީނަށްޓަކާ
2
އުދަރެސް
3
އޭނަބިއްޔާއޭ ސޮލާތާ
4
ފަތިހުގެ މުދިމާ ބަންގި ދިނީމާ
5
ވަޑައިގަންނަވާށޭ ކުލާހަށް އަސާސީ
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
އައިޝާ
ރާގު: އައިޝާ - ސްޕެނިޝް ލަވައެއް
ޅެން: ޅެންވެރިޔާ ނޭނގޭ
ރުއްސާ ލުމުން ދާނޭބާ
ނުއުރާ ހުރެފިއްޔާ ރޯނޭ ދާން
ގެންދާނަމޭ ދޮންވެސް ވެލާ
މިއިނީ އައިޝާ ގެންދަން އާދޭދާން
ގޮއްސާ ނިކަން ދުވާނޭ
އަސްތާ މޫދަށް އެރެންވީދޯ
ކުޅެލަން އާދޭތޯއޭ މުނިޔާ
އާދޭ އައިޝާ ހީލާފާ
ދާނީ ބުނަންހޭ ހިނގާލަން
ނަލަ ހެދިލާދޯ މިތިބީ
ކުޅިވަރުބަލާށޭ ހިނގާ
ދާނޭވަރު ނެތީމަތާދޯ
އައިޝާ އައިޝާ ލޯބިން ގޮވާ
އައިޝާ އައިޝާ އާދޭ ދާން
އައިޝާ އައިޝާ ލޯބިން ގޮވާ
އައިޝާ އައިޝާ އާދޭ ދާން
ލެފެން ނެތީ އިނގޭ އެ އޭނާ
ނުނިދާ އެ ރޮނީވެސް އޭނާ
ނުކެރިފަ އިނީ ކީއްވެފާ
ވަރުނެތިފަ ވީމަތާދޯ
އައިޝާ އައިޝާ ބަލިވެފާ
އައިޝާ އައިޝާ ކީއްވީބާ
ރޮވޭތޯ ފުރޭނޭ ލޯ މާޔޫސީ ވެވިފާ
ހިނގާނޭ ވަރު ނެތީމާތާއޭދޯ
ކަޅިއަރާ ހަމަހިމޭންވާ
ހަށަމަށްތާ އެރުމުން
ބެލުމަށް ކެތްނުވީމާދޯ
ނިމުނީ ޢައިޝާ ގެއްލުނީތާ
އާދޭ ކާކަށްހޭ ވިސްނާދޭނީ
ވިސްނާ ނުލުމުން ގެއްލޭ ޙަޔާތެއް
ތިދެނީ ޅަދަރިންނަށް އަނިޔާއޭދޯ އޯ އޯ
އައިޝާ އައިޝާ ލޯބިން ހޯދާ
އައިޝާ އައިޝާ ރޯލާ މިބުނީ
އައިޝާ އައިޝާ ރޯލާފާ
އައިޝާ އައިޝާ ގެއްލުނީތީ
އައިޝާ އައިޝާ ރޯލާފާ
އައިޝާ އައިޝާ
އައިޝާ އައިޝާ
އައިޝާ އައިޝާ
އައިޝާ އައިޝާ