އަހަންނަށް ލޯބި ކުލުނެއްދީ

އަހަންނަށް ލޯބި ކުލުނެއްދީ
އުފާދޭތޯ ބަލާން ހުރެލީ
މުޙައްބަތުގާ މިމާތް ޝާހީ
ކަލާ ރުއްސަން ހިތާ ހުރެލީ

ވި ނާޒުކު ސޫރައެއް ލިބިފާ
އޮމާން ޖިސްމެއް ނަސީބުވެފާ
އަސަރު ޖާދޫގެ މަލިކާ އަށް
ނަޒަރު ދީގެން މަޑުން ހުރެލީ

އެދެން ގުޅިގެން އެކީ އުޅުމަށް
މިތާ ކައިރިން އަބަދު ފެނުމަށް
ޢަޝީޤީ ޚިޔާލު އާވާތީ
މި ފޮނި އުއްމީދުގާ ހުރެލީ

ލަތީފީ ޖާޒުބީ މަލެކޭ
ޢަޝީޤީ ޖާދުވީ ލޮލެކޭ
ޚުޝީދޭ ލޯބި ހީލުމެކޭ
ވެފާ ޙައިރާން ދެކެން ހުރެލީ

ފަހުން ނަމަވެސް ހިތުގެ އެދުމަށް
އަދާ މިތުރާ އިޖާބަ (ޖަވާބު) ދިނުން
މިހެން ދުރުގާ ތިއާ ފަރި
ސޫރަޔަށް ސިއްރުން ބަލާން ހުރެލީ

މިހިތް މިތުރާގެ ފަރި ޙައްޤަށްޓަކާ
ޤުރުބާން ކުރަން އުޅުމީ
ކުށެއްތޯ މާފު ނުވެވޭނޭ
އަރިހުގާ ދަންނަވަން ހުރެލީ

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު