© ދިވެހި ލިރިކްސް
އެންމެ މަގުބޫލު
1
ފިލާނެތޯ ލޯތަކުން މިފޫދޭ
2
ދޮން ކަނބުލޮ ނިދާލާށޭ
3
އިތުރު ރަސޫލާ
4
ޙަސްބީ ރައްބީ ޖައްލަﷲ - حَسْبِیْ رَبِّی جَلَّ اللّٰہ
5
ނަބީ އަމީނޭ
އެންމެ ފަހުގެ
1
ރީތީގެ ރާނީ އުޖާލާ
2
ކުރަންވީއޭ ދުޢާ
3
އޭނަބިއްޔާއޭ ސޮލާތާ
4
ޤައުމަށްޓަކާ ދީނަށްޓަކާ
5
އުދަރެސް
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
ޔާ މަރްޙަބާ ޔާނޫރަ ޢައިނީ މަރްޙަބާ
ރާގު: -
ޅެން: ޅެންވެރިޔާ ނޭނގޭ
ޔާ މަރްޙަބާ އަހުލަން ވަސަހުލަން މަރްޙަބާ
ޔާ މަރްޙަބާ ޖައްދަލްޙުސައިނީ މަރްޙަބާ
ޔާ މަރްޙަބާ އަހުލުންވަސަހުލުން މަރްޙަބާ
ޔާ މަރްޙަބާ ޔާނޫރަ ޢައިނީ މަރްޙަބާ
ތަލަޢަލް ވުޖޫދު އެނޫރަކުން އަލިކޮށް ޒަމާން
ޝަރަފަށްޓަކާ ގަތުމުން، ވަޑައި ކައުސާހިބާ
ތަރުޙީބުގައި ޝުކުރުން ވަނީ ފުރިގެން ފަޒާ
ޔާ މަރްޙަބާ ޔާނޫރަ ޢައިނީ މާރްޙަބާ
ސުވަރުގެ ތަކާ ބިންތައް އެކީ އެރެއަށްޓަކާ
ކުރެވުނު އެ ޒީނަތް ސާހިބާ ޖާހަށްޓަކާ
ފުރިހަމަވެ ޙޫރުން ތިއްބެވީ ދެއްވުން އަދާ
ޔާ މަރްޙަބާ ޔާނޫރަ ޢައިނީ މަރްޙަބާ
ކުއްތަންފުޅެއް ނެތްސާހިބާ ގަތުމުން ވަޑައި
ބުޞްރާގެ ބާޒާރުން އެރޭ ފެނި ހިނި ހިނގާ
އުއްދަނޑިތަކާ ޝާމުގެ ބިމަށް އަލިކޮށް ފަޒާ
ޔާ މަރްޙަބާ ޔާނޫރަ ޢައިނީ މަރްޙަބާ
ޢިލްމުގެ ޚަޒާނާާ ފުންމިނެތް ޢަދަދެއް ނުވާ
ހިލްމާ ހުނަރު ޝާމިލްވެގެންވީ ސާާހިބާ
ވިދުވައިފި އަލި ދިނިދާ މަގާމުތަކުން އަދާ
ޔާ މަރްޙަބާ ޔާނޫރަ ޢައިނީ މަރްޙަބާ
ދެއްކެވި ހިދާއީ ނޫރަކުން މުޅި ދުނިޔެއަށް
ދެއްވާނެތޭ އެމަގުން ހިނގާހާ މީހަކަށް
ދެއްވާށި ހެޔޮ ރަޙުމަތްފުޅުން ހެޔޮހާ ޖަޒާ
ޔާ މަރްޙަބާ ޔާނޫރަ ޢައިނީ މަރްޙަބާ
ޞަލަވާތްތަކާ ހެޔޮހާ ސަލާމުގެ ހާރުތައް
އޮހޮރޭށިއޭ ތޮއިބާގެ ފުރިހަމަ ރަޙުމަތަށް
ކުރެވޭ އެ ނަންފުޅު މާތް ޙަބީބުގެ ރަންމުތަށް
ޔާ މަރްޙަބާ ޔާނޫރަ ޢައިނީ މަރްޙަބާ
ޔާ މަރްޙަބާ އަހުލަން ވަސަހުލަން މަރްޙަބާ
ޔާ މަރްޙަބާ ޖައްދަލްޙުސައިނީ މަރްޙަބާ