© ދިވެހި ލިރިކްސް
މަރިޔަމް މައީޝާ
-
މަރިޔަމް މައީޝާ ގެ ލަވަތައް
އެންމެ މަގުބޫލު
1
ދޮން ކަނބުލޮ ނިދާލާށޭ
2
ފިލާނެތޯ ލޯތަކުން މިފޫދޭ
3
އިތުރު ރަސޫލާ
4
އީމާނޭ ހިތުގާ އާލާވަނީ
5
ނަބީ އަމީނޭ
އެންމެ ފަހުގެ
1
ރީތީގެ ރާނީ އުޖާލާ
2
ކުރަންވީއޭ ދުޢާ
3
އޭނަބިއްޔާއޭ ސޮލާތާ
4
ޤައުމަށްޓަކާ ދީނަށްޓަކާ
5
އުދަރެސް
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
ކަނޑުގުރުވަ ނޫނިއްޔާ ނުކާން
ރާގު: -
ޅެން: ޅެންވެރިޔާ ނޭނގޭ
ކަނޑުގުރުވަ ނޫނިއްޔާ ނުކާން
ހިތްވަރު ކުރޭ އެބަ މާކަނާ
ކަނޑުފަޅުގެ ރާޅާ ހޫނުގާ
އެއްޗެއް ނުކައި ވާއިރު ހަނާ
ހިތްވަރު ކުރޭ އެބަ މާކަނާ
ފަޚުރާއެކީ
ބަންބަން ޖަހާފާ ރާޅުތައް
އައިސް ކަށިމަތީ ހުރި ގާތަކަށް
ބަންބަން ޖަހާފާ ރާޅުތައް
އައިސް ކަށިމަތީ ހުރި ގާތަކަށް
ޑަންޑަން ކިޔާ ޖެހިޔަސް ގަޔަށް
އިންތާ އިނދޭ ބޮޑު މާކަނާ
ކަނޑުގުރުވަ ނޫނިއްޔާ ނުކާން
ހިތްވަރު ކުރޭ އެބަ މާކަނާ
ފަޚުރާއެކީ
ފައިކައިރިއަށް ލަނޑަޔާ ހިކާ
އަދި ރާބުޅާ އައިސް އުޅުނަކަސް
ފައިކައިރިއަށް ލަނޑަޔާ ހިކާ
އަދި ރާބުޅާ އައިސް އުޅުނަކަސް
ގައިގާ އައިސް ތެޅުނަސް
ބަލާނުލައޭ ކިބުރުވެރި މާކަނާ
ކަނޑުގުރުވަ ނޫނިއްޔާ ނުކާން
ހިތްވަރު ކުރޭ އެބަ މާކަނާ
ފަޚުރާއެކީ
ކަޅުއޮށްތަކާ އަދި ފިލޮޅުތައް
މުށިމަސް ތަކާ ގިނަ ފާނަތައް
ކަޅުއޮށްތަކާ އަދި ފިލޮޅުތައް
މުށިމަސް ތަކާ ގިނަ ފާނަތައް
އަޅުދާސްވެގެން އައިސް ތިއްބަކަސް
ތުންވެސް ނުޖަހައޭ މާކަނާ
ކަނޑުގުރުވަ ނޫނިއްޔާ ނުކާން
ހިތްވަރު ކުރޭ އެބަ މާކަނާ
ފަޚުރާއެކީ
ގުރުވާ ނިކަން ދުރު ގަލަކުގާ
ދުރުމީ އަޅައިގެން އިނދެ ބުނީ
ގުރުވާ ނިކަން ދުރު ގަލަކުގާ
ދުރުމީ އަޅައިގެން އިނދެ ބުނީ
ފަރުދާވެގެންނޭ މަމިހުރީ
ނުޖެހޭނެ ތުނބުގާ މާކަނާ
ކަނޑުގުރުވަ ނޫނިއްޔާ ނުކާން
ހިތްވަރު ކުރޭ އެބަ މާކަނާ
ފަޚުރާއެކީ
ގުރުވައިގެ މަސް ދެން ނުލިބިގެން
އަސުރަށްވުރެން އިރު ދަށްވުމުން
ގުރުވައިގެ މަސް ދެން ނުލިބިގެން
އަސުރަށްވުރެން އިރު ދަށްވުމުން
ހިރިލާނެވަރު ނެތިގެން މަޑުން
އެރި އެއްގަމަށް ގޮސް މާކަނާ
ކަނޑުގުރުވަ ނޫނިއްޔާ ނުކާން
ހިތްވަރު ކުރޭ އެބަ މާކަނާ
ފަޚުރާއެކީ
ކުދިކުދި ކޮކާ މޫނަށް ބުރާ
ތަންދޮރު މި ކުޑަވާގޮތް ވުމުން
ކުދިކުދި ކޮކާ މޫނަށް ބުރާ
ތަންދޮރު މި ކުޑަވާގޮތް ވުމުން
ކުނިދެން ވެފާއޮތް މީދަލެއް
ކައިގެން ވިޔޭ މަރު މާކަނާ
ކަނޑުގުރުވަ ނޫނިއްޔާ ނުކާން
ހިތްވަރު ކުރޭ އެބަ މާކަނާ
ފަޚުރާއެކީ
ގޮތްދޫނުކުރެވޭ މީހުނާ
މެދު ޙާލުހުރި ގޮތަކީ މިއޭ
ގޮތްދޫނުކުރެވޭ މީހުނާ
މެދު ޙާލުހުރި ގޮތަކީ މިއޭ
އޮތްގޮތް މިއީ ކަން ގިނަފަހަރު
ލަސްކަރުގެ ވިސްނާ މާކަނާ
ކަނޑުގުރުވަ ނޫނިއްޔާ ނުކާން
ހިތްވަރު ކުރޭ އެބަ މާކަނާ
ކަނޑުފަޅުގެ ރާޅާ ހޫނުގާ
އެއްޗެއް ނުކައި ވާއިރު ހަނާ
ހިތްވަރު ކުރޭ އެބަ މާކަނާ
ފަޚުރާއެކީ