© ދިވެހި ލިރިކްސް
ސޫރަ
-
ސޫރަ ގެ ލަވަތައް
ގޯޅި ގޯޅި ކަންމަތިން
މުޚުތާރު އާދަމް
އެންމެ މަގުބޫލު
1
ދޮން ކަނބުލޮ ނިދާލާށޭ
2
ފިލާނެތޯ ލޯތަކުން މިފޫދޭ
3
އިތުރު ރަސޫލާ
4
އީމާނޭ ހިތުގާ އާލާވަނީ
5
ނަބީ އަމީނޭ
އެންމެ ފަހުގެ
1
ރީތީގެ ރާނީ އުޖާލާ
2
ކުރަންވީއޭ ދުޢާ
3
އޭނަބިއްޔާއޭ ސޮލާތާ
4
ޤައުމަށްޓަކާ ދީނަށްޓަކާ
5
އުދަރެސް
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
ފަރިކަމާއި ޗާލުކަމޭ
ރާގު: ބޭޤަރާރް ކަރްކެ ހަމޭ ޔޫނ ނަޖާއިއޭ
ޅެން: ޅެންވެރިޔާ ނޭނގޭ
ފަރިކަމާއި ޗާލުކަމޭ ވިދަވިދާ ހުރީ
ތަރިރު ހަނދުގެ ނޫރު ފަދައިން މޫނުވީ ޖަރީ
ސޫރައީ އަޖައިބެކޭ ދެލޯފުޅާ
ރޫފަޔާ ގުޅޭ އެރީތި އިސްކޮޅާ
ހީލުމުން ކޮލުން އެފެންނަ އަޑިކޮޅާ
ރީތި ސަޑުގެ ބާނިތައް ލެޔާ ގުޅާ
ބީހިލުން މިހިތްއެދޭ ޖާޒުބީ ޕަރީ
ތަރިރު ހަނދުގެ ނޫރު
ނޫލޮލާއި އެސްފިޔައިގެ ލައްޒަތާ
ކޫރުމެއް ނުވާ ޢަޒީޒު ތުންފަތާ
ކަންފަތާއި ރީތި ރީތި ނޭފަތާ
ކަންހުޅީގެ ހެލިލުމުން އެވާގޮތާ
ޖަންނަތޭ ކަލާއަކީ ހީވެގެން ހުރީ
ތަރިރު ހަނދުގެ ނޫރު.....
ޖަންބުކުލަ އަރާމުދޭ ގޮމާ ނަޔާ
ހަންއޮމާން ކަމުން ބެލޭ އަތާފަޔާ
ލާމަސީލު ދޮންކަމުން ވަނީ ގަޔާ
ލާލު ފަދަ ޖަވާހިރެއްމެ ހިތް ކިޔާ
ޙާލު ހިތުގެ ދެކިބަލާށެ ގާތުގާ ހުރީ
ތަރިރު ހަނދުގެ ނޫރު.....