© ދިވެހި ލިރިކްސް
ލޭފަވެތި
-
ލޭފަވެތި ގެ ލަވަތައް
ބީހިލާ
އުނޫޝާ ޢިމާދު
އެންމެ މަގުބޫލު
1
ދޮން ކަނބުލޮ ނިދާލާށޭ
2
ފިލާނެތޯ ލޯތަކުން މިފޫދޭ
3
އިތުރު ރަސޫލާ
4
އީމާނޭ ހިތުގާ އާލާވަނީ
5
ނަބީ އަމީނޭ
އެންމެ ފަހުގެ
1
ރީތީގެ ރާނީ އުޖާލާ
2
ކުރަންވީއޭ ދުޢާ
3
އޭނަބިއްޔާއޭ ސޮލާތާ
4
ޤައުމަށްޓަކާ ދީނަށްޓަކާ
5
އުދަރެސް
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
ކަޅު ބުޅާ
ރާގު: އަމިއްލަ
ޅެން: ޅެންވެރިޔާ ނޭނގޭ
ފިޔަވަޅު އޮބި މަޑުވިތަނާ
ލޮލުފިޔަ ޖެހި ނިދުނުތަނާ
އޮއިވަރު ދެމިލީތަނާ
ރޯޅިފަށަން އާދެވުނީ
އުޑުމަތި ބަނަކަންމަތީ
ތަންމަތި ފިނި ހިކިލިތަނާ
އަޑުބަޑު އިވުމުން އަވަސް
ދޮރު ހުޅުވަން ހެލިލިގަތީ
ދެއްކި ލޮލަށް ފަނޑު ފަނޑުކޮށް
ހިޔަނިތަކެއް އެއްލިކަޅިން
ބަދިގެދޮށުން ކަޅު ބުޅަލެއް
ދެންފެނުނީ ބިލެއް ޅޮހުން
ދަތްދޮޅި ރޫރޫ އެޅީ
ހީބިހިތައް ނަގަންފެށީ
ފައިބިމު ކުރުވައިގަތީ
ހުރިތަނަށޭ ވެއްޓިގަތީ
ވައްކަޅި ދީގެން ބެލީ
ހިތްބިރުގަނެ ތެޅެންފެށީ
ނާމާންކަން ގަދަވެގަތީ
ހެޔޮއެއްޗެއް ހިތަށްނައީ
ދަންބަޔަކަށް ވީފަހުން
ފެންޑާދޮރު ގުޑިލި ގޮތުން
ކަޅުފޮއި އަނދިރީތެރެއިން
ކަޅުބުޅަލެއް ހުރަސްކުރީ
ބަރުއަޑަކުން ގޮވައިގަތީ
ފައިބިމުގާ ތަޅާގަތީ
ދެންވީއެއްނޭނގި މުޅިން
ހޭނެތި ތިރިވާންފެށީ
ދެއްކި ލޮލަށް ފަނޑު ފަނޑުކޮށް
ހިޔަނިތަކެއް އެއްލިކަޅިން
ބަދިގެދޮށުން ކަޅު ބުޅަލެއް
ދެންފެނުނީ ބިލެއް ޅޮހުން
އިރުގަނޑަކުން ހޭލެވުނީ
ގޮނޑުދޮށުގާ ވެއްޓި އޮތީ
ރާޅުޖަހާ ފައި ތެމިގެން
ދެކޮޅަށް ހަށި ދެމެންފެށީ
ފަތިހަށް އަލި ދޮންވިތަނުން
ހީވި ދުރުން ގޮވާލިހެން
ރާވެރިބޭ ދުރުން އައީ
އިސްމެއް ކިޔާވާ ޖެހީ
ދެއްކި ލޮލަށް ފަނޑު ފަނޑުކޮށް
ހިޔަނިތަކެއް އެއްލިކަޅިން
ބަދިގެދޮށުން ކަޅު ބުޅަލެއް
ދެންފެނުނީ ބިލެއް ޅޮހުން