© ދިވެހި ލިރިކްސް
ފޮނި ކަރުނަ
ފޮނި ކަރުނަ ގެ ލަވަތައް
ބޭނުމޭ ނުބުނަން އުޅެންޏާ
ޢަބްދުލް ބާރީ
ފަޒީލާ އާމިރު
އެންމެ މަގުބޫލު
1
ދޮން ކަނބުލޮ ނިދާލާށޭ
2
ފިލާނެތޯ ލޯތަކުން މިފޫދޭ
3
އިތުރު ރަސޫލާ
4
އީމާނޭ ހިތުގާ އާލާވަނީ
5
ނަބީ އަމީނޭ
އެންމެ ފަހުގެ
1
ރީތީގެ ރާނީ އުޖާލާ
2
ކުރަންވީއޭ ދުޢާ
3
އޭނަބިއްޔާއޭ ސޮލާތާ
4
ޤައުމަށްޓަކާ ދީނަށްޓަކާ
5
އުދަރެސް
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
ބައްޕަ ދޭ ހެޔޮހާ ނަޞޭޙަތް އަޑުއަހާށޭ ދަރިފުޅާ
ރާގު: -
ޅެން: ޅެންވެރިޔާ ނޭނގޭ
ބައްޕަ ދޭ ހެޔޮހާ ނަޞޭޙަތް އަޑުއަހާށޭ ދަރިފުޅާ
ބައްޕަ ދުނިޔެ އިން ވަކިވެ ދިޔަޔަސް ބަސް އަހާށޭ ދަރިފުޅާ
ބައްޕަޔާ މަންމަގެ މިއާދޭސް އަޑުއަހާށޭ ދަރިފުޅާ
ބައްޕަޔާ މަންމަގެ މިއާދޭސް އަޑުއަހާށޭ ދަރިފުޅާ
ހެޔޮލަފާ އިންސާނަކަށްވާން ދަސްކުރާށޭ ދަރިފުޅާ
ހެޔޮކަމެއް ނޫނީ ނުކުރުމަށް އިސްނަގާށޭ ދަރިފުޅާ
ހެޔޮނުވާނޭ މާދަމާވެސް މަރުވެދާނޭ ދަރިފުޅާ
ބައްޕަދޭ ހެޔޮ ނަޞޭޙަތް އަޑުއަހާށޭ ދަރިފުޅާ
މަންމަޔަށް ހިތްހެޔޮކަމާއެކު ބަސްބުނާށޭ ދަރިފުޅާ
މަންމަ ރޮއްވާ ދެރަކުރާކަށް ހެޔޮނުވާނޭ ދަރިފުޅާ
މަންމަޔާ އެއްސަފުގަ މީހަކު ނުހިމަނާށޭ ދަރިފުޅާ
ބައްޕަދޭ ހެޔޮ ނަޞޭޙަތް އަޑުއަހާށޭ ދަރިފުޅާ
ރައްޓެހިންނަށް މާބޮޑަށް އިތުބާރު ނުކުރޭ ދަރިފުޅާ
ރައްޓެހިންވެސް ގާތްކުރަން ވަކި މިންގަނޑެއްވޭ ދަރިފުޅާ
ރައްޓެހިން ދުނިޔޭގަ ހަތުރުންނަށް ބަދަލުވޭ ދަރިފުޅާ
ބައްޕަދޭ ހެޔޮ ނަޞޭޙަތް އަޑުއަހާށޭ ދަރިފުޅާ
ފެންނަހާ ކުއްޖަކު ޙަޔާތަށް ނުގުޅުވާށޭ ދަރިފުޅާ
އިންތިހާއަށް ލޯބި ވެވުނަސް ގާތްނުވާށޭ ދަރިފުޅާ
ދިރިއުޅެން އެކުގާބަލާށޭ މާތް ކުދިންނަށް ދަރިފުޅާ
ބައްޕަދޭ ހެޔޮ ނަޞޭޙަތް އަޑުއަހާށޭ ދަރިފުޅާ
ދުނިޔެ ނިމިދާނޭ ދުވަސްވެސް ކައިރިވެއްޖޭ ދަރިފުޅާ
ދުނިޔެއަށް ގިނަގުނަ ބަދަލުތައް އާދެޔޭ އެބަ ދަރިފުޅާ
ދުނިޔެއަށް ތަބާ ނުވާށޭ ލޯބިވާ ކުޑަ ދަރިފުޅާ
ބައްޕަދޭ ހެޔޮ ނަޞޭޙަތް އަޑުއަހާށޭ ދަރިފުޅާ
ދީނުގާވި މަނާކަމެއްނަމަ ގާތް ނުވާށޭ ދަރިފުޅާ
ދީނުގާ ސާބިތުވެ ހުރުމަށް ބައްޕަ އެދެމޭ ދަރިފުޅާ
މިންވަރަށް އީމާންވުމަށްވެސް ދަސްކުރާށޭ ދަރިފުޅާ
ބައްޕަދޭ ހެޔޮ ނަޞޭޙަތް އަޑުއަހާށޭ ދަރިފުޅާ
ލަދުވެތިވެ ދުނިޔޭގަ އުޅުމަށް ދަސްކުރާށޭ ދަރިފުޅާ
ލަދު އެއީ ދަރިފުޅުގެ އަބުރޭ އަޑުއަހާށޭ ދަރިފުޅާ
ލަދުޙަޔާތް ނެތުމުން ޤަދަރުވެސް ގެއްލިގެން ދޭ ދަރިފުޅާ
ބައްޕަދޭ ހެޔޮ ނަޞޭޙަތް އަޑުއަހާށޭ ދަރިފުޅާ
ބައްޕަޔާ މަންމަގެ ނިމުންވެސް އަތުވެދާނޭ ދަރިފުޅާ
ބައްޕަމެން ވަޅުލާ ވަޤުތުގާ ކެތްކުރާށޭ ދަރިފުޅާ
ބައްޕަމެންނަށް ރަޙްމަތަށް އެދި ދަންނަވާށޭ ދަރިފުޅާ