Search lyrics by title

Search lyrics / Artist

A B C D E F G H I J K L M
N O P Q R S T U V W X Y Z

Artists

Lyricist

Album


ފަތިހު ފަރިވި މާތައް ހަވީރަށް މިލާހެން 
ޒުވާންކަން މިލާމޯޅިވާތަން ދެކޭށޭ
ފަހުން ހެޔޮ ޢަމަލުތައް ކުރުން ހިތުއަޅައިގެން
ވަހުމުގައި ޒުވާންކަން އޮޔާ ދިޔަ ނުދޭށޭ
އިތުރު ވަގުތު ނުމެދީ ޚަރީފުގެ ނިރެއްހެން 
ޒުވާންކަން މިލާމޯޅި ވާތަން ދެކޭށޭ

ޅަފަތުގައި ހަނދާންވޭ ވެއްޔާ ކުޅުނުކަން 
ހިޔަންޏާ ތޮޅެން ރަތް އަވީގައި އުޅުނުކަން
އެއީވެސް ޙަޔާތޭ ލޮލަށްފެނުނު ވަގުތޭ 
ކޮބާހޭ އެހުވަފެން ގިރާލާ ނިމިއްޖޭ
ފިކުރު ހިންގި ހިތަކަށް ދަރުސްތައް ލިބޭހެން 
ޒުވާންކަން މިލާ މޯޅި ވާތަން ދެކޭށޭ

ގެއަށް އަންނަ މެހެމާނު މިތުރާ ދެކޭނޭ 
ދެތިން ދުވަހު މަޑުކޮށްލުމަށް ފަހު ފުރާނޭ
ޒުވާންކަން އެފަދައޭ އެހިނދުކޮޅު އެފަދައޭ 
ވުމާއެކު ވެހޭވަގުތު ފެންފޮދު ނަގާށޭ
ޒަމާން ދައުރުވާ ބާރުމިން ދޭހަވާހެން 
ޒުވާންކަން މިލާ މޯޅިވާތަން ދެކޭށޭ


405

Posted by:

Admin

Other songs of the Artists


Album songs